ތާޜީހް



ދިރާސާ ރިޕޯޓް: ތާރީޚަކީ ކޮބައިކަމާއި ދިވެހިރާއްޖޭގައިހުރި އާޘާރީ ތަންތަނަކީ ކޮބައިކަމާއި އެތަންތަނާއި ތަކެތި ރައްކާކުރަންޖެހެނީ ކީއްވެކަން ދިރާސާ ކުރުން.


ތަޢާރަފް:
ނަސީމާ މުޙައްމަދު ވިދާޅުވާގޮތުގައި ތާރީޚަކީ ފާއިތުވެ ގޮސްފައިވާ ޒަމާނެއްގެ މައުލޫމާތެވެ. އަދި އަނެއްބައި ފަރާތްތަކުން ވިދާޅުވާ ގޮތުގައި ތާރީޚަކީ މިޒަމާނާއި ވޭތުވެދިޔަ ޒަމާނާ ދެމެދުގައި ހިނގަމުންދާ ނިމުމެއްނެތް ވާހަކަދެއްކުންތަކެކެވެ. ޢާއްމު ގޮތެއްގައި ތާރީޚް ޢިލްމާ ބެހޭގޮތުން ބުނެއުޅެނީ މިއީ އިންސާނީ މުޖުތަމަޢުތަކުގެ ލިޔެވިފައިވާ ރިކޯޑްތައް ބަލައި އެތަކެތި ދިރާސާކުރުން ކަމުގައެވެ. ތާރީޚް ދިރާސާކުރުމުގައި އިންސާނީ މުޖުތަމައުގެ ތެރޭގައި އެއްޖީލުން އެނެއްޖީލަށް ތުންތުންމަތިން ވާރިދުވެފައިވާ ބައެއް ވާހަކަތަކަށްވެސް ބައެއް މުއައްރިޚުން ބައްލަވައެވެ. އެބޭފުޅުން ދެކެވަޑައިގަންނަވާގޮތުގައި މިފަދަ ވާހަކަތަކަކީ ތާރީޚް ރައްކާތެރިކޮށް، އަންނަން އޮތްޖީލުތަކަށް ވާރުތަކޮށްދިނުމުގެ ވަސީލަތެކެވެ. އަނެއްބައި މުއައްރިޚުން ވިދާޅުވާގޮތުގައި މިފަދަ ވާހަކަތަކަކީ އިތުބާރުކުރެވެން ނެތް ތަކެއްޗެވެ.
އިހުޒަމާނުގެ ތާރީޚީ ލިޔުންތަކުގައި ހިމަނާފައިވަނީ ވެރިކަމާ ގުޅިފައިވާ ވާހަކަތަކެވެ. އެހެންނަމަވެސް މިހާރުގެ މުއައްރިޚުން ތާރީޚް ލިޔުއްވާއިރު އެތަނެއްގެމީހުން ކޮށްއުޅުނު ކަންތައްތަކަށާއި އެކަންކަމައި ގުޅުންހުރި ހުރިހާކަމަކަށް ސަމާލުކަންދެއްވާފައިވެއެވެ.
ޤައުމެއްގެ ތަރިކައަކީ ކާބަފައިންގެ ފަރާތުން އެބަޔަކަށް ވާރުތަވެފައިވާ ތަކެއްޗެވެ. މީގެ ތެރޭގައި ތާރީޚީ އާޘާރީތަންތަނައި ތަކެއްޗާއި ކާބަފައިންގެ ފަރާތުން ލިބިފައިވާހުރިހާ އާދަކާދައެއް ހިމެނެއެވެ. ރާއްޖޭގެ ހާލަތަށްބަލާއިރު އާޘާރީތަންތަނާއި ތަކެތީގެ ސަބަބުން ދިވެހި ތާރީޚުގައި ހިގާފައިވާ ބައެއްކަންކަން ޔަޤީންކޮށްދީ މަޢުލޫމާތު ފުރިހަމަކޮށްދެއެވެ.
ދިވެހިރާއްޖޭގެ ތަރީޚް
ދިވެހިރާއްޖޭގެ ތާރީޚަށް ބަލާއިރު ރާއްޖޭގައި ލިޔެވިފައިވާތާރީޚެއް ފެންނަންއޮތީ މީލާދީން 12 ވަނަ ޤަރުނުން ފެށިގެންނެވެ. އޭގެފަހުގެ ތާރީޚްވެސް މާފުރިހަމަކޮށް ލިޔެވިފައިވާކަމަށް ބުނެވޭކަށްނެތެވެ. މީލާދީން 18 ވަނަ ޤަރުނުގެ ކުރީކޮޅުގައި ޙަސަން ތާޖުއްދީން ލިޔުއްވަންފެއްޓެވި ތާރީޚުގައި ހޯއްދަވައި ލިޔުއްވާފައިވާ މަޢުލޫމާތަށްޓަކައި އެމަނިކުފާނަށް ޝުކުރުއަދާކުރަންޖެހެއެވެ. ނަމަވެސް ހާލަތުނިޔާކުރިގޮތުން އެތާރީޚުގައި ވަރަށްގިނަ މަޢުލޫމާތުތަކެއް މަދުވެއެވެ. ރާއްޖޭގައި ރަސްކަންކުރެވި ބޭބޭފުޅުންގެ ނަންފުޅުތައްލިޔުއްވާފައިވާ ރާދަވަޅިތަކުގައިވެސް ކުށްތައް ހުރިކަންފާހަގަ ކުރެވެއެވެ. ޙަސަންތާޖުއްދީން ލިޔުއްވާފައިވާ ތާރީޚަކީ އޮނިގަޑުކަމުގައި ބަލައިގެން ބޭރުޤައުމުތަކުން ރާއްޖެ ޒިޔާރަތްކުރެއްވި ބައެއް ދަތުރުވެރިންނާއި އަދި ބޭރުގެ ބައެއް މުއައްރިޚުންގެ ލިޔުއްވުމަށްވެސްބަލައިގެން ތާޖުއްދީންގެ ތާރީޚުގައި އުނިވެފައިވާ ބައެއްތަންތަން ފުރާލުމުން މަޢުލޫމާތު ފުޅާކޮށްދެއެވެ. ނަމަވެސް ދިވެހި ތާރީޚުގެ ލިޔެވިފައިވާ ތާރީޚުން އުނިވާ ބައެއްމައުލޫމާތު ފޯރުކޮށްދެނީ ދިވެހި ކާބަފައިންގެ އާސާރީ ތަންތަނާއި ތަކެތިންނެވެ.
އާސާރީ ތަންތަނައި ތަކެތި
ތާރީޚުން އުނިވާބައިތައް ފުރިހަމަކުރުމުގެ މަސައްކަތުގައި ދިވެހިރާއްޖޭގައި ފެންނަންހުރި އާޘާރީތަންތަނާއި ތަކެތިން ހޯދޭމަޢުލޫމާތު ވަރަށްމުހިންމު ރޯލެއްއަދާކުރެއެވެ. މީގެ މިސާލެއް ދަންނަވާލާނަމެވެ. ރާއްޖެ އިސްލާމްވުމުގެ ކުރީގައި ދިވެހިރާއްޖޭގައި އޮތް ދީނަކާމެދު އިތުރުތަފްސީލްތަކެއް ލިޔެވިފައިވާ އެއްވެސް ލިޔުމެއް ކުރީގެ ލިޔުން ތަކުގެ ތެރެއިން ފެންނާކަށްނެތެވެ. ރަންނަމާރިއެއްގެ ވާހަކަ އާއި ބުދުކޯލުގެ ވާހަކަ އޮވެއެވެ. އަދި އެއީ ކޮންދީނެއްގެ ބުދުކޯލެއް ކަމެއް އޮޅުމެއް ނުފިލައެވެ. ނަމަވެސް މީލާދީން 1920 ވަނަ އަހަރު ކުރީކޮޅު އެޗް.ސީ.ޕީ.ބެލް ރާއްޖެވަޑައިގެން ރާއްޖޭގެ ބައެއް އާސާރީ ތަންތަން ކޮންނަވައި ކުރެއްވި ދިރާސާތަކުން ދިވެހިރާއްޖޭގައި އެޒަމާނުގައި އޮތީ ބުޑިސްޓުދީންކަން ޔަޤީންކުރެވުނެވެ.
ޒަމާނުއްސުރެ ދިވެހިން ކިޔަމުން އަންނަ ބޮޑުތަކުރުފާނު ވާހަކައިން މީގެ ހެކިތައް ލިބެން އެބަހުއްޓެވެ. މިސާލަކަށް ބަލާއިރު ބޮޑުތަކުރުފާނުގެ ބޭބޭފުޅު ޢަލީ ތަކުރުފާނު ޝަހީދުވީ އަހަރު (1572މ.) އަޅުގަނޑުމެންނަށް އޮޅުންފިލީ ދާދިފަހުންނެވެ. މި ޙަޤީގަތް އޮޅުންފިލާފައިވަނީ ފުނަދޫގައިހުރި، އެތަކުރުފާނުގެ އިސްތަށިފުޅު ވަޅުލާފައިވާ މަހާނާގައި އެ ތަކުރުފާނުގެ މުނިކާފަ ދަރިކަލުން އިސްކަންދަރު ރަސްގެފާނު ޖައްސަވާފައިވާ މަހާނަގަލުގައިވާ ލިޔުމުންނެވެ.
މިފަދަ އެތަކެއް ހަޤީގަތެއް ދިވެހިންގެ އަދުގެ ޖީލަށް ވާރުތަކޮށްދެނީ ރާއްޖޭގެ ރަށްތަކުގައިވާ ތާރީޚީ ތަރިކަތަކުންނެވެ. ރާއްޖޭގައިހުރި އާޘާރީ ތަންތަނުގެ ލިސްޓު ތިރީގައި ބަޔާންކޮށްލަމެވެ.

ތިލަދުންމަތީ އުތުރުބުރި (ހއ.އަތޮޅު)
1-     ބާރަށް:
                                i.            އާސާރީ ހުކުރުމިސްކިތާއި މުންނާރު
                              ii.            ޤަދީމީ ގަލެއް
                            iii.            ތިން ބެރެބެދި
                            iv.            ކަމަނާ މަގު
                              v.            ކާނިގަސް
                            vi.            ކަނބާ އައިސާގެ މަހާނަފުޅު
                          vii.            ކަޅުއޮށްފުންމި ބެންނެވި ތަނާއި އެތަނުގެ ދެފަރާތުގައި ހުރި ނިކަގަސްތައް.
2-     ދައްޕަރު:
                                i.            މިސްކިތެއްގެ ތަރާގަނޑެއް
                              ii.            މިސްކިތެއްގެ ތަރާގަނޑެއް
3-     ދޮނަކުޅި:
                                i.            މިސްކިތެއްގެ ތަރާގަނޑެއް
4-     ހުވަހަންދޫ:
                              ii.            މިސްކިތެއްގެ ތަރާގަނޑެއް
5-     އުތީމު:
                                i.            އުތީމު ގަނޑުވަރު
                              ii.            ބަޑި ފަސްގަނޑު
                            iii.            ކަނދުވަލު މިސްކިތް
                            iv.            ކާނިގަސް
6-     އިންނަ ފޮނިޅު:
                            iii.            އުސްގަނޑެއް
7-     މަޑުލު:
                            iv.            އާޘާރީ ބިނާއެއްގެ ތަންތަން
8-     ވާނގާރު:
                              v.            މިސްކިތެއްގެ ތަރާގަނޑު
9-     ކެލާ:
                                i.            ހުކުރު މިސްކިތާއި މުންނާރު
                              ii.            ދެވަނަ ބޮޑުހަނގުރާމައިގައި ބޭނުންކުރި ބަޑިގޭގެ ފާރާއި ބައެއް ޒަމާންވީ ތަކެތި
10- އިހަވަންދޫ:
                            vi.            ހިރިގަލު މިސްކިތާއި މަހާނައެއް
11-  އުލިގަން:
                          vii.            ހަލާކުވެފައިވާ މިސްކިތްތަކާއި ކަށްބިންތައް
12-  މުޅަދޫ:
                        viii.            ހުކުރުމިސްކިތުގެ ވެވާއި މަޒާރު
13-  ތަކަންދޫ:
                                i.            އަލިތަކުރުފާނުގެ ޒިޔާރަތާއި ކާނިގަސް
                              ii.            މަހާނަގައުތަކެއް ހުރިތަން
14-  މަތީރަށް:
v     "ޝަރީފް ޢަލީ އަލް މައްކީ" ގެ ސަންދޯއް
15-  ދިއްދޫ:
v     ޢީދު މިސްކިތް
ތިލަދުންމަތީ ދެކުނުބުރި (ހދ.އަތޮޅު)
1-     ފިނޭ:
                                i.            ހުކުރު މިސްކިތް
                              ii.            އާޘާރީ ބިނާއެއްގެ ނިޝާންތައް
                            iii.            ހަލާކުވެފައިވާ އާޘާރީ ތަނެއް
                            iv.            ބޮޑު ގަދީމީ ބިނާއެއްގެ ހަލާކުވެފައިވާ ތަންތަން
                              v.            ޒިޔާރަތްމަގުގައި ހުރި މަހާނައެއް
2-     ކުމުންދޫ:
                                i.            އުސްކުންނަ
                              ii.            އުސްގަނޑެއް
3-     މަކުނުދޫ:
                                i.            ޤަދީމީ ބިނާއެއްގެ ތަރަހަތައް
                              ii.            ކުޑަމިސްކިތް
4-     މުއިރީ:
                            ix.            ވަރަށް ކުރީގެ ފާރެއް
5-     ވައިކަރަދޫ:
                                i.            ޖާޑިވަޅުލިތަން
                              ii.            ނޭކުރެންދޫ ބަލާ އުސްގަނޑު
                            iii.            ރަށްމަތީ ބޮޑުގައު
                            iv.            ދުވަސްވެފައިވާ ވަރަށް ބޮޑު ބޮއިގަހެއް
6-     ވައިކަރަމުރައިދޫ:
                              x.            މިސްކިތެއްގެ ތަރާގަނޑު
7-     ތީފަރިދޫ:
                                i.            މިސްކިތެއްގެ ތަރާގަނޑު
                              ii.            ގާފަރު ކަޅުއުނބުށޭމުގެ މަހާނަ ގައު
8-     ނޮޅިވަރަންފަރު:
                                i.            ކުރީގެ ހުކުރު މިސްކިތް
                              ii.            މޫސާ އެދުރުތަކުރުފާނުގެ ޒިޔާރަތް
                            iii.            ދެބޭކަލެއްގެ ޒިޔާރަތް
9-     ނޮޅިވަރަމް:
v     ބައުހުކުރު މިސްކިތް
މިލަދުންމަޑުލު އުތުރުބުރި (ށ.އަތޮޅު)
1-     ޅައިމަގު:
v     ޅައިމަގު ފަގީރު އޮޑިބަން ތަން
2-     މަރޮށި:
                                i.            ކާނިގަސް
                              ii.            ކުޅި
3-     ނަލަންދޫ:
                                i.            އުސްފަސްގަޑު
                              ii.            ހައްޕަތިގަނޑު
4-     ކަނޑިތީމު:
v        ހުކުރުމިސްކިތް
5-     ކުޑަދޫ:
                                i.            ބިންގަރާހެއް
                              ii.            ގަލުން ހަދައިފައިވާ އަޑިގަނޑެއް
6-     މިލަންދޫ:
v     ހަތްބަބުރު ގަނބައިގަތް ތަން
7-     ފިރުނބައިދޫ:
v     އާޘާރީ މަގެއް
8-     މާއުނގޫދޫ:
v     އުސްގަނޑެއް
9-     ކޮށިނބި:
v     ހިރިއެއް
މިލަންދުމަޑުލު ދެކުނުބުރި (ނ.އަތޮޅު)
1-     ލަންދޫ:
v     މާބަދިގެ ހައިތަ
2-     ޅޮހި:
v     ހަނގުރާމަ ފަސްގަނޑު
3-     މިލަދޫ:
v     ރެދިންގެ ގައުފުންޏާއި އުސްގަނޑު
4-     މާފަރު:
v     ގަލާއި އަކިރި ފުންޏެއް
5-     ކުރެދިވަރު:
v     ހުކުރު މިސްކިތް
6-     ފޮއްދޫ:
v     ޙާޖީބަންޑާރައިންގެ މަޤާމްފުޅެއް
7-     މަނަދޫ:
v     މާމިސްކިތު ވެޔޮ
މާޅޮސްމަޑުލު އުތުރުބުރި (ރ.އަތޮޅު)
1-     ގިރާވަރު:
v     މަށިން ހަދައިފައިވާ ތަށިތަކެއް މިރަށުން ފެނިފައިވޭ.
2-     ފުރަވެރި:
v     ހިރިގަލު މިސްކިތެއްގެ ތަރާގަނޑު
3-     ކޮތާފަރު:
v     މިސްކިތެއްގެ ތަރާގަނޑު
4-     ލުނބޯކަންދޫ:
v     މިސްކިތެއްގެ ތަރާގަނޑާއި ވެވެއް.
5-     ގާއުނޑޫދޫ:
                                i.            ހަލާކުވެފައިވާ ބިނާއެއް
                              ii.            އުސްގަނޑެއް
6-     ބޮޑުފުށި:
                                i.            މިސްކިތެއްގެ ތަރާގަނޑު
                              ii.            އައްސުލްޠާން ޖަލާލުއްދީން ޢުމަރުވީރުގެ މަހާނަފޫޅު
7-     އިފުރު:
v     ހަލާކުފައިވާ މުންނާރެއްގެ ބައިތައް
8-     އުނގުލު:
v     ރެދިންގެ އުސްގަނޑު
9-     ހުޅުދުއްފާރު (އުޅުދުއްފާރު)
                                i.            މިސްކިތެއްގެ ތަރާގަނޑު ކަމުގައިބެލެވޭ ހަލާކުވެފައިވާ ތަނެއް
                              ii.            އިތުރު އާސާރީ ތަންތަން
10- މީދޫ:
v     ބައުމިސްކިތް (ކުރީގެ ހުކުރު މިސްކިތް)
11-  ކިނޮޅަސް:
                                    i.            އުޘްމާނުތަކުރުފާނު ޒިޔާރަތް
                                  ii.            ހުދުހިލައިގެ ދެ މަހާނަ ގައު
މާޅޮސްމަޑުލު ދެކުނުބުރި (ބ.އަތޮޅު)
1-     ދަރަވަންދޫ:
v     ކަށްފަޅު ގައުފުނި
2-     ގޮއިދޫ:
v     އުސްގަނޑެއް
3-     ފުޅަދޫ:
                                i.            ކޯރބިން (ޕިރާރޑް ދަތުރުކުރި ނައު)
                              ii.            ވެލިގަލުން ހަދާފައިވާތަނެއް
4-     ވައްކަރު:
v     މިސްކިތެއްގެ ތަރާގަނޑު
5-     މާޅޮސް:
                                i.            އާސާރީ ގައުތަކެއް
                              ii.            ދިގުގައު
6-     ހޮރުބަދޫ:
v     ދެބުދެއްގެ ބޮލާއި އަދި އެހެން ބުދެއްގެ ހަށިގަނޑު ފެނުން ސަރަޙައްދު
7-     ކެންދޫ:
v     ތަބްރޭޒުގެފާނަށް ނިސްބަތްވާ މަޤާމްފުޅެއް
ޅ. ފާދިއްޕޮޅު (ޅ.އަތޮޅު)
1-     ހުރުވަޅި:
                                i.            މިސްކިތްތަކެއްގެ ހަލާކުވެފައިވާ ބިންގާތައް
                              ii.            ހުރުވަޅި ތަރާގނޑު
2-     ކުރެންދޫ (ލޯކުރެންދޫ):
                                i.            ތަރާގަނޑު
                              ii.            ޙަބްޝީގެފާނު
                            iii.            ކުރެންދޫ ހުކުރު މިސްކިތް
3-     އޮޅުވެލިފުޅި:
v     ސާމިޔާފާށިނާ ބިނާކުރެއްވި މިސްކިތް
4-     މާފިލާފުށި:
                                i.            މިސްކިތެއްގެ ތަރާގަނޑާއި ޤަބުރުސްތާނެއް
                              ii.            މާފިލާފުށީ ޤަބުރުސްތާނު
މާލެ އަތޮޅު (ކ.އަތޮޅު)
1-     ކާށިދޫ:
v     ކުރުހިންނަ ތަރާގަނޑު
2-     ތުލުސްދޫ:
v     ރަންދައި ރަންފޮއި ގާގަނޑު
3-     ގުރައިދޫ:
v     ވަލުމިސްކިތާއި ޙުސައިން ފާމުލަދޭރި ކިލެގެފާނުގެ ޒިޔާރަތް
4-     ހުރާ:
v     ދޮންބަންޑާރައިން ބިނާކުރެއްވި މިސްކިތް
5-     މާލެ:
                                i.            ދަރުމަވަންތް ރަސްގެފާނު މިސްކިތް
                              ii.            ޢީދު މިސްކިތް
                            iii.            ހެންވޭރު ބާ މިސްކިތް ( ސީދީ މިސްކިތް )
                            iv.            ކަޅުވަކަރު މިސްކިތް
                              v.            ބިހުރޯޒު މިސްކިތް
                            vi.            އެސްޖެހިގެ
                          vii.            މެދުޒިޔާރަތް
                        viii.            ޢަލީރަސްގެފާނު ޒިޔާރަތް
                            ix.            މާލޭ ހުކުރުމިސްކިތް
                              x.            މާލޭ ހުކުރުމިސްކިތުގެ މުންނާރު
                            xi.            ދާރުލްއާސާރު ( އިހުގެ އުސްގެކޮޅު )
                          xii.            ހުކުމިސްކިތުގެ ޤަބުރުސްތާނުގައި ހުރި ޒިޔާރަތްތައް
6-     ފުނަދޫ:
v     ޝަހީދުވީ އުތީމު ޢަލީ ތަކުރުފާނުގެ އިންތަށިފުޅު ވަޅުވެވިފައިވާ މަހާނަ
7-     ޅޮސްފުށި:
v     އާނުގަޑުގައި އޮތް ކަށިގަނޑު
އަރިއަތޮޅު އުތުރުބުރި (އއ.އަތޮޅު)
1-     ތޮއްޑޫ:
v     ތޮއްޑޫ ދާގަބާ
2-     ކުރަމަތި:
v     އުސްގަނޑެއް
3-     މަތިވެރި:
v     އާސާރީ މިސްކިތެއް
4-     މާޅޮސް:
v     ހިރިގަލު ފޮށްޓެއް
އަރިއަތޮޅު ދެކުނުބުރި (އދ.އަތޮޅު)
1-     ހަންޏާމީދޫ:
v     ކަލާފާނު ޒިޔާރަތް
2-     އަރިއަދޫ:
v     އަރިއަދޫ ހައިތަ ( މިހާރު މިތަން ފެންނާކަށް ނެތް )
3-     ފެންފުށި:
                                i.            ފެންފުށީ ހުކުރު މިސްކިތާއި، ކުޑަމިސްކިތުގެ ގައުގަނޑު
                              ii.            އާސާރީ ވެޔޮ
ފެލިދެއަތޮޅު (ވ.އަތޮޅު)
އާސާރީގޮތުން ފާހަގަ ކުރެވޭ ތަނެއް މި އަތޮޅަކު ނެތެވެ.
މުލަކު އަތޮޅު (މ.އަތޮޅު)
1-     ކޮޅުފުށި:
v     ކޮޅުފުށީ ޣާޒީ މިސްކިތް
2-     މަޑިފުށި:
v     " ރެދިން ވަޅުލައިފައިވާ ބިން "
3-     ނާލާފުށި:
v     ނާލާފުށީ ބައު މިސްކިތް
4-     ވޭވަށް:
v     ވޭވަށު ހުކުރު މިސްކިތް
5-     މުލައް:
                                i.            މުލަކު ބޯޅަދަނޑުގައި ހުރި ގައުތައް
                              ii.            އުސްގަނޑު
ނިލަންދެއަތޮޅު އުތުރުބުރި (ފ.އަތޮޅު)
1-     ނިލަންދޫ:
                                i.            ވީރާނާވެފައިވާ ތަނެއް
                              ii.            ނިލަންދޫ ފޯއްމަތި
                            iii.            އާޘާރީ މިސްކިތުގެ ދޮރާށި
2-     ބިލެއްދޫ:
                                i.            ބިލެއްދޫ މަސްޖިދުއްޛިކުރާ
                              ii.            އުސްގަޑެއް
3-     ހިމިތީ:
                                i.            އާސާރީ ގަލެއް
                              ii.            ބޯހުނި ޢަލިބެގެ ޒިޔާރަތް
ނިލަންދެއަތޮޅު ދެކުނުބުރި (ދ.އަތޮޅު)
1-     ހުޅުދެލި:
                                i.            އުސްގަނޑު
                              ii.            އާސާރީ މިސްކިތެއްގެ ތަންތަން
                            iii.            ދޮރާށި މިސްކިތް
                            iv.            ދޮންހިޔަލަ ވާހަކައިގައި ހިމެނިފައިވާ ތަންތަން
2-     ކުޑަހުވަދޫ:
                                i.            ކުޑަހުވަދޫ ހުކުރު މިސްކިތް
                              ii.            ހުކުރު މިސްކިތުގެ ދޮރާށި
                            iii.            އުސްގަނޑެއް
3-     މާއެނބޫދޫ:
                                i.            އާޘާރީ ހުކުރު މިސްކިތް
                              ii.            ޖަމާލުއްދީން ނައިބުތުއްތުގެ މަހާނަ
                            iii.            މާއެނބޫދޫ ކުޑަމިސްކިތް
ކޮޅުމަޑުލު (ތ.އަތޮޅު)
1-     ހިރިލަންދޫ:
                                i.            އަތިރީ މުންނާރު
                              ii.            ހިރިގަލު ފިށި ފެނުނު ސަރަޙައްދު
2-     ކިނބިދޫ:
v     ކިނބިދޫ ވޭރު ސަރަޙައްދު
3-     ވަންދޫ:
                                i.            އުސްގަނޑެއް
                              ii.            ދޮރުވަންނަ ކަލޭފާނު ޒިޔާރަތް
4-     ގުރައިދޫ:
v     ޒިޔާރަތް މިސްކިތް
5-     ވޭމަންޑޫ:
v     ރެލިކް ފޮށި ނެގުނު ބިން
ހައްދުންމަތި (ލ. އަތޮޅު)
1-     ހިތަދޫ:
v     މަރުބީނާ އުސްގަނޑު
2-     ގާދޫ:
                                i.            ބޮޑުބުންބަރު
                              ii.            ކުޑަބުންބަރު
3-     ދަނބިދޫ:
                                i.            ދަނބިދޫ ބޮޑު ބުދުކޯލު
                              ii.            ދަނބިދޫ ކުޑަ ބުދުކޯލު
                            iii.            ހުޅިޔަންދޫ ހިންނަ
4-     ގަން:
                                i.            ގަމު ހައްތެލި
                              ii.            މުންބަރު
                            iii.            އިހު މާ މިސްކިތް
5-     އިސްދޫ:
                                i.            އިސްދޫ ބޮޑު ހައްތެލި
                              ii.            އިސްދޫ ކުޑަ ހައްތެލި
                            iii.            އިސްދޫ އާސާރީ މިސްކިތް
                            iv.            ބޭސްކުޅި
6-     މުންޑޫ:
                                i.            ބުދުގެ
                              ii.            ސްކޫލް ސަރަޙައްދު
7-     ފޮނަދޫ:
v     މިސްކިތް
ހުވަދުއަތޮޅު އުތުރުބުރި (ގއ.އަތޮޅު)
1-     ދެއްވަދޫ:
                                i.            ދެއްވަދޫ އުސްގަނޑު
                              ii.            އުސްގަނޑު
                            iii.            އުސްގަނޑެއް
                            iv.            ދެއްވަދޫ އާޘާރީ މިސްކިތް
                              v.            ހިރިގަލު މިސްކިތް
                            vi.            ގަނޑުވަރު ހުރިތަން
2-     ކޮނޑޭ:
                                i.            ކޮނޑޭ ހަވިއްތަ
                              ii.            ހަވިއްތައެއް
                            iii.            ހިރިގަލު މިސްކިތް
                            iv.            ހަވިއްތައެއް
3-     ކޫއްޑޫ:
v     އުސްގަނޑު
4-     ނިލަންދޫ:
v     ނިލަންދޫ ގަލުފުނިއާ
5-     ފުނަދޫ:
v     އުސްގަނޑު
ހުވަދުއަތޮޅު ދެކުނުބުރި (ގދ.އަތޮޅު)
1-     ފިޔޯރީ:
v     ވީރާނާ ވެފައިވާ ބިނާއެއް
2-     ފަރެސް:
v     މަށިން ހަދައިފައިވާ ގުޅިއެއް މިރަށުން ފެނިފައިވެއެވެ.
3-     ގަން:
                                i.            ގަމު ހަވިއްތަ
                              ii.            ހަވިއްތަ ސަރަޙައްދުގައި ހުރި އުސަގަނޑުތައް
4-     ހުޅުވާރުލު:
v     އުސްގަނޑެއް
5-     ކާޑެއްދޫ:
v     އުސްގަނޑެއް
6-     މާވާރުލު:
v     އުސްގަނޑެއް
7-     ވާދޫ:
                                i.            ވާދޫ ހަވިއްތަ
                              ii.            އުސްގަނޑެއް
                            iii.            ހުކުރު މިސްކިތް
                            iv.            އާސާރީ ގައުތަކެއް
                              v.            ތުންޑޭ ޒިޔާރަތް
                            vi.            ގާމިސްކިތް
ފުވައްމުލައް (ޏ.އަތޮޅު)
        i.            ހަވިއްތަ
      ii.            ފުނާޑު ކިޔުނު ހިސާބުން ހިރިގަލު ސަންދޯކެއް ނެގުނެވެ.
    iii.            ގެންމިސްކިތް
    iv.            ކެޑޭރެ މިސްކިތް
      v.            ވަށަވެޔޮ
    vi.            ކުޑަ ހަވިއްތަ
އައްޑުއަތޮޅު (ސ.އަތޮޅު)
1-     ގަން:
                                i.            ދެވަނަ ބޮޑުހަނގުރާމައިގެ "ވޯރ މެމޯރިއަލް"
                              ii.            މާރަނގަ (ޢިމާރާތް)
2-     ހިތަދޫ:
v     ކޯއްޓޭ
3-     ހުޅުމީދޫ:
                                i.            ކޯގަންނު ޤަބުރުސްތާނު
                              ii.            ވޭރާނޑު
4-     މަރަދޫ:
                                i.            ދަނޑިވަރު މިސްކިތް
                              ii.            ހިރިގާ މިސްކިތް
                            iii.            ޤަދިރުކަލޭފާނު ޒިޔާރަތް
                            iv.            ވެންބޮޅަފިށި (ބޮޑުގެ)
ދިވެހިންގެ އާޘާރީ ތަންތަނާއި ތަކެތި ރައްކާކުރަން ޖެހެނީ ކީއްވެ؟
ރާއްޖޭގެ ފަތުރުވެރިކަމަށްޓަކައި ރާއްޖޭގައި ހުރި އާޘާރީ ތަންތަން ވަރަށް ބޮޑަށް ހިމާޔަތް ކުރަން ވަނީ ޖެހިފަ އެވެ. ރާއްޖޭގައި ފަތުރުވެރިންނަށްޓަކައި އެތަކެއް ޓުއަރިސްޓް ރިސޯޓް އަދި ޓުއަރިސްޓް ހޮޓާ ހިންގަމުން ދެއެވެ. ދުނިޔޭގެ ހުރިހާ ދިމާއަކުން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރަމުން ދެއެވެ. އޭގެ ތެރެއިން ވަރަށް ގިނަ މީސްމީހުން އާޘާރީ ތަންތަނަށް ޒިޔާރަތް ކުރަން ބޭނުންވެއެވެ.
އައްޑު އަތޮޅު ގަމުގެ އީކްއޭޓަރ ވިލެޖަށް އެއް ފަހަރަކު ޗުއްޓީ ހޭދަކުރަން އައި އިޓަލީ އަންހެނަކު ހާމަކުރައްވާ ގޮތުގައި އައްޑޫގެ މޫދާއި މާހައުލު ހިތްގައިމުވިޔަސް ޒިޔާރަތް ކުރާނެ ތަންތަން ނެތުމަކީ ވަރަށް އުނި ކަމެކެވެ.
"އަހަރުމެން ބައިސިކަލްގައި ކޯއްޓޭ އަށް ދަން. އެއީ ވަރަށް ހިތްގައިމު، ތަފާތު ތަނެއް. އެކަމަކު އެތަނުގައި ކުނި ވަރަށް ގިނަ. ދަޅާއި ފުޅި އާއި ފަސޭހައިން ހަލާކު ނުވާ ކަހަލަ ޕްލާސްޓިކު ސާމާނު އެތަނުގައި ހުރޭ. އެތަނުން ކުނި ނަގައި ސާފުކުރެވޭނެ އިންތިޒާމެއް ކުރެވިފައި ހުންނަ ނަމަ ވަރަށް ރަނގަޅުވީސް" "އަހަރުމެން ދެކެން ބޭނުންވަނީ ސާފު ރީތި ދިވެހިރާއްޖެއެއް" އޭނާ ބުންޏެވެ. ކޯއްޓޭ ގުޅިފައިވަނީ ހިތަދޫ އީދިގަލި ކުޅި ސަރަހައްދާ އެވެ. އެއީ ހިމާޔަތް ކުރެވިފައިވާ ސަރަހައްދެކެވެ.
އައްޑޫގައި ހިމެނޭ އާޘާރީ ތަންތަނުގެ ތެރެއިން އެންމެ ގިނަ ދުވަސްވީ ތަނަކީ މީދޫ ކޯގަންނު ގަބުރުސްތާނެވެ. އެތައް ސަތޭކަ އަހަރެއް ވީ އެތަން ވަނީ ނުބެލެހެއްޓި ވީރާނާވެފަ އެވެ.
މި ލިޔުމުގައި އަޅުގަޑު ބަލާލާފައިމިވަނީ ހަމައެކަނި އައްޑޫގެ އާސާރީ ތަންތަނަށް ވީނަމަވެސް ރާއްޖޭގެ ގިނަ އާސާރީ ބިނާތައް މިހާރުވަނީ ވީރާނާވެ ނެތިދިއުމުގެ މަރުހަލާގައެވެ.
ނިންމުން
ރާއްޖޭގެ އާޘާރީ ތަންތަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ވާޖިބެކެވެ. ދިވެހި ސަރުކާރާއި ކަމާއި ބެހޭ އެއްމެހައި ފަރާތްތަކާއި މުޖުތަމައުގެ ފުރިހަމަ އެހީތެރިކަމައެކު ރާއްޖޭގެ އާސާރީތަންތަން ހިމާޔަތްކޮށްދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެކެވެ. ޤަނޫންތަކެއް ހެދިފަހުޢްޓަސް ރައްޔިތުންނައި ފަރުދުން ސަރުކާރައި ކަމައިބެހޭ ހުރިހާ މަސްއޫލުވެރިފަރާތްތަކެއްގެ އެހީތެރިކަމާއި ނުލާ މި ޤައުމުގެ ތާރީޙި ތަރިކަ ރައްކާކުރުމަކީ ފަސޭހަކަމެއް ނޫނެވެ.



ވާސިލުވުން:
1-  އަތީފުގެ ތުޑުން ، ދިވެހި ތާރީޙް. ނެގީ
2-      ދިވެހި ރާއްޖޭގައި ހުރި އާސާރީ ތަންތަނުގެ ލިސްޓް ނެގީ http://www.qaumiyyath.gov.mv/docs/whitepapers/heritage/List%20of%20Archeaological%20Sites.pdf ން
3-   ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (2011). ޤަދީމީ ޒަމާނުގައި ދިވެހިން އަޅުކަން ކުރަން ގެންގުޅުނު ތަކެއްޗާއި ތަންތަނަށް              ކިޔާ ނަން. ފަންވަތް. ނެގީ http://www.fanvai.info/dhivehi/thaareekh/2352-2011-10-26-15-02-01.html ން
4-      އަލްފާޟިލާ ނަސީމާ މުޙައްމަދު ، ތާރީޚާއި ތަރިކަ ލިޔުން ( ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު )
************************************

No comments:

Post a Comment